Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ހަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާ މަރުވެއްޖެ

މާލޭގެ މަގެއްގެ މަތީގައި ހަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާ މަރުވެއްޖެ އެވެ.

ފުލުހުން މިރޭ ބުނީ އެމީހާ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އޭޕްރީލް 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެކެވެ.

މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެމީހާ މަރުވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.