އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، މިނިސްޓަރ އޮފް ސިޓީސް ލޯކަލް ކައުންސިލް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް ޢުމަރުއާ ބައްދަލުކުރައްވައިފި އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީގައި އިއްޔެ އޮތް މި ބައްދަލުވުމުގައި މޭޔަރު ނިޒާރު ވަނީ އައްޑޫ އަށް މި ވަގުތު އެންމެ ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތު މިނިސްޓަރާ ހިއްސާކުރައްވާފަ އެވެ.
ނިޒާރު ހިއްސާކުރެއްވި ކަންކަމަށް މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
މީގެއިތުރުން ދެ ބޭފުޅުން ވަނީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފަ އެވެ.