Last Updated: June 4, 18:34
Thursday, June 4, 2026
ޚަބަރު

އާ ސީީޕީއާ، މޭޖާ ޖެނެރަލް ހިލްމީ ބައްދަލުކޮށްފި

އާ ޕޮލިސް ކޮމިޝަނަރު އަޙްމަދު މުޙައްމަދާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާޙީމް ޙިލްމީ ބައްދަލު ކުރައްވައިފި އެވެ.

ގައުމީ ދިފާއީ ބާރުގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި އެ ބައްދަލުވުމަކީ، ސީޕީގެ މަގާމާ އަޙްމަދު ހަވާލުވެވަޑައިގަތުމާ ގުޅިގެން ތައާރަފުވުމަށާއި ދެ މުއައްސަސާގެ މެދުގައި ގުޅުން ބަދަހި ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި، ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

ސީޕީގެ މަގާމަށް އަހުމަދު އައްޔަންކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.