އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝާހިދު ވެސް މަގާމުން ވަކިކޮށްފި އެވެ.
އޭނަ އެ މަގާމުން ވަކިކިރު، ސަަރުކާރުގެ ފެން ކުންފުނީގެ ޑީއެމްޑީގެ މަގާމުގައި އިތުރު ބޭފުޅަކު ވެސް ހުންނަވަ އެވެ. އެއީ އަބްދުއްސަލާމް މުހައްމަދެވެ.
އެމްޑަބްލިއުއެސްސީގެ ޑީއެމްޑީގެ މަގާމަށް ޝާހިދު އައްޔަންކުރީ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގަ އެވެ. އޭގެ ކުރިން އޭނަ ހުންނެވީ ކުރީގެ ރީޖަނަލް އެއަޕޯޓްސް ކޮމްޕެނީޣޭ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.
ސަރުކާރުގެ ކުންފުނިތަކާއި ސިޔާސީ އެކި މަގާމުތަކުގައި ތިިބި މީހުން ވަކިކުރުމުގެ ސިލްސިލާއެެއް ފެށިފައި މި ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުން، ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި ފަހުންނެވެ.
އޭގެ ކުރިން ދިޔައީ ހުއްޓުމެއް ނެތި ސިޔާސީ މަގާމުތައް ބަހަމުންނެވެ.