Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ފީނަން އުޅުނު ޒުވާނަކު މަރުވެއްޖެ

ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު މީހަކު ހާލު ދެރަވެގެން މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ އެ މީހާ ގެއްލިގެން، ހެނދުނު 06:30 އެހައިކަންހާއިރު ރިޕޯޓް ކުރުމާ ގުޅިގެން، ވިލިމާލެ ޕޮލިހާއި މެރިން ޕޮލިސް ގުޅިގެން ކުރި މަސައްކަތުން އެ މީހާ ފެނިފައި ވަނީ ހެނދުނު 06:55 އެހައިކަންހާއިރު މޫދު އަޑީގައި އޮއްވައި ކަމަށެވެ.

އަދި އެ މީހާ ނަގައިގެން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއީ ނޭޕާލަށް ނިސްބަތްވާ 22 އަހަރުގެ ފިރިހެނެކެވެ.

މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.