ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާ އެކު މާލޭގެ މޭޔަރު ކަމަށް ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސި،ް އިންތިހާބުގައި ވާދަކުރި އިސްމާއީލް ޒަރިޔަންދު، ޔާމީންގެ ޕާޓީ، ޕީއެންއެފަށް ސޮއިކޮށްފި އެވެ.
އޮޑިޓިން އަދި އެކައުންޓިން ދާއިރާގެ ތަޖުރިބާކާރު އަދި އާންމުންގެ ތެރޭގައި ގޯލް ކީޕަރެއްގެ ގޮތުގައި މަޝްހޫރުވި ޒަރިޔަންދު، އިންތިހާބުން ބަލިވުމުން ޕީީއެންއެފަށް ސޮއިކޮށް، މެންބަޝިޕް ފޯމު ހަވާލުކޮށްފައި ވަނީ ޔާމީނާ އެވެ. އޭނަ އެ ޕާޓީ އަށް ސޮއިކުރީ މިދިޔަ ހޯމަ ދުވަހުގެ ރެ އެވެ.
ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކޮށް ޒަރިޔަންދަށް ލިބުނީ 6،302 ވޯޓެވެ.