ގޭހުގެ އާ ޝިމްޕެންޓެއް ގެނެސް ވިއްކަން ފަށައިފި އެވެ.
އެސްޓީއޯ އިން ބުނީ ގޭހުގެ ޝިޕްމަންޓު ލިބުނީ އިއްޔެ ކަމަށެވެ.
އެ ކުންފުނިން އަންނަނީ ރައްޔިތުންނަށް ބޭނުން ވާނެ އެއްވެސް އަސާސީ ހިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުން ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ގޭސް ލިބުމުގައި ދަތިތަކެއް ދިމާވެ، ދުނިޔޭގެ ބާޒާރާއި މި ސަރަހައްދީ ބާޒާރުގައި ވެސް ގޭހުގެ ތާށިކަން ކުރިމަތިވެފައިވެ އެވެ. އެގޮތުން މޯލްޑިވް ގޭހުން ވެސް ގޭސް ވިއްކުން ލިމިޓްކޮށް، 10 ލީޓަރުގެ ބަދަލުގައި 5 ލީޑަރުގެ ގޭސް މިދިޔަ މަހުގެ ތެރޭގައި ވިއްކި އެވެ.
ނަމަވެސް މިހާރު އަންނަނީ ކުރިއެކޭ އެއްގޮތަށް ގޭސް ވިއްކަމުންނެވެ.