އަހަރުގެ މިހާތަނަށް ޗައިނާއިން 100،00 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޓޫރިސޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ޗައިނާއިން 100،185 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ 15 ޕަސެންޓެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 684،908 ޓޫރިސްޓުންނެވެ.
ޗައިނާ އިން ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނަ އިރު، މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ޓޫރިސްޓުން އައީ ވެސް އެ ގައުމުންނެވެ. އެ ގައުމަކީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ވެސް ޝެޑިއުލް ދަތުރުތަކެއް ބާއްވަމުން އަންނަ ގައުމެކެވެ.
މިހާރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ރަޝިއާ އިން 84،739 ޓޫރިސްޓުން އައިސްފައިވާ އިރު ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 65،105 ޓޫރިސްޓުން އައިސްފައިވެ އެވެ.
މި ތިން ގައުމާ އެކު އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނެނީ އިޓަލީ (59،396 ޓޫރިސްޓުން)،
ޖަރުމަން (46،245 ޓޫރިސްޓުން)، އިންޑިއާ (28،349 ޓޫރިސްޓުން)، ފްރާންސް (22،530 ޓޫރިސްޓުން)، އެމެރިކާ (17،631 ޓޫރިސްޓުން)، ސްވިޓްޒަލޭންޑް (15،128 ޓޫރިސްޓުން) އަދި އޮސްޓްރިއާ (13،157 ޓޫރިސްޓުން) އެވެ.
ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވެ، އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެފައިވެ އެވެ.