އިރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދުވަސްކޮޅަަކަށް ނަމަވެސް ހުއްޓާލައި އަމާން ދޭން އެމެރިކާ އިން ނިންމީ ތިން ގައުމަކުން ދެކޮޅު ހަދަމުން ދަނިކޮށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މަޝްހޫރު މީޑިއާ އެކްސިއޯސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ސަޢޫދީ އަރަބިއްޔާ އަދި ޔޫއޭއީގެ ވެރިން ވަނީ ، އީރާނުން ބޮޑެތި ދޫތަކެއް ނުދޭ ނަމަ އެއްވެސް ހުށަހެޅުމެއް ޤަބޫލު ނުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބާރު އަޅައިފަ އެވެ.
އެކްސިއޯސްއިން ބުނާ ގޮތުގައި، ޓްރަމްޕްގެ ސިޔާސީ އެޑްވައިޒަރެއް ކަމަށްވާ ސެނެޓަރ ލިންޑްސޭ ގްރަހަމްވެސް ހުރީ ހަމަ މި ވިސްނުމުގައެވެ.
ނަމަވެސް، ޓްރަމްޕްގެ އަމިއްލަ ޓީމުގެ މެންބަރުން ކަމަށްވާ ނާއިބު ރައީސް ޖޭ.ޑީ ވެންސް އާއި ވާހަކަ ދައްކާ މަންދޫބު ސްޓީވް ވިޓްކޮފް ޓްރަމްޕަށް ލަފާ ދިނީ ، އެއްބަސްވުމަކަށް އާދެވެން އޮތްނަ މަ އެ މަގަށް މަސައްކަތް ކުރުމަށެވެ.
މެދުވެރިއެއްގެ ދައުރު އަދާކުރައްވާ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް "އެކްސް" މެދުވެރިކޮށް އިޢުލާން ކުރެއްވި ގޮތުގައި އެމެރިކާ އާއި އީރާނުގެ އިތުރުން އެ ދެ ޤައުމުގެ އިއްތިހާދީންގެ މެދުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް މިހާރު ވަނީ ޤާއިމުކުރެވިފައެވެ. އަދި އެ އެއްބަސްވުމަށް ވަގުތުން އަމަލު ކުރަން ފެށޭނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، "އިސްލާމީ ޖުމްހޫރިއްޔާ އީރާނާއި އެމެރިކާގެ އިތުރުން އެ ދެ ފަރާތުގެ އިއްތިހާދީ ބައިވެރިން ވަނީ ، ލުބުނާނު ހިމެނޭހެން ހުރިހާ ސަރަޙައްދެއްގައި ވެސް ވަގުތުން ޙަމަލާ ބަދަ ލުކުރުން ހުއްޓާލުމަށް އެއްބަސްވެފަ އެވެ. މި ނިންމުމަށް ވަގުތުން އަމަލުކުރަން ފެށޭނެ އެވެ.
ނަމަވެސް، ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އެ އެއްބަސްވުން ލުބުނާނުގެ މައްޗަށް ނުހިނގާނެ ކަމަށް އަމިއްލައަށް އިޢުލާންކޮށްފައެ ވެ.
މިފަދަ ސުލްޙައެއް ފޫދުއްވާލެވޭތޯ އިޒްރޭލުން ކުރެވުނުހާ މަސައްކަތެއް ކުރާނެ އެވެ.
ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.