Last Updated: June 6, 11:03
Saturday, June 6, 2026
ޚަބަރު

ބޯޓެއް ފަރަށް އަރައި އަޑިއަށް، ދިވެއްސަކު ގެއްލިގެން ހޯދަނީ

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށް ހިނގައްޖެ އެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 13 މީހުންގެ ތެރެއިން އެކަކު ފަތާފައި ލ. އޮޅުވެއްޔަށް އަރާފައިވާ ކަމަށެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ. ސަލާމަތްކުރެވުނު 12 މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.