Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ތެޔޮ މަސްދަޅު ވިއްކުން ލިމިޓްކޮށްފި

ތެޔޮ މަސްދަޅު ވިއްކާ އަދަދު މިފްކޯ އިން ލިމިޓްކޮށްފި އެވެ.

އެ ކުންފުނުނިން ބުނީ ހޮނިހިރު ދުވަހުން ފެށިގެން ލިމިޓްކޮށްގެން ތެޔޮ މަސްދަޅު ވިއްކަން ފެށީ މަސްވެރިކަން ދަށްވުމުން ކަމަށެވެ.
އެހެންވެ މިހާރު ހުރި ސްޓޮކުން ކޮންމެ ކަސްޓަމަރަކަށް ލިބޭނީ 24 އަދި 48 ދަޅުގެ އެއް ކޭސް ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.

ތެޔޮ މަސްދަޅު ވިއްކާ އަދަދު ކޮންޓްރޯލް ކުރި ނަމަވެސް އެހެން އުފެއްދުންތައް ކޮންޓްރޯލެއް ނެތި ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ތެޔޮ މަސްދަަޅަކީ މިފްކޯގެ އުފެއްދުންތަކުގެ ތެރެއިން އަބަދުވެސް އެންމެ ޑިމާންޑް ބޮޑު އުފެއްދުމެވެ.

މިފްކޯ އިން މިދިޔަ ހޯމަ ދުވަހު ތެޔޮ މަސްދަޅުގެ އަގު ބޮޑު ވެސް ކުރި އެވެ. ނަަމަވެސް ހަމަ އެދުވަހު ތެޔޮ މަސްދަޅުގެ އަގު ކުރީގެ އަގަށް ބަދަލުކޮށްފައިވެ އެވެ.