އައްޑޫން ވަގަށް ނެގި ކުކުޅުތަކެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ ކޮއްޓާ އެކު ވަގަށް ނެގު ކުކުޅުތަކެއް ގަން ޕޮލިސް ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި އެބަހުރި ކަމަށެވެ. އެހެންވެ އެ ތަކެތީގެ ވެރިފަރާތެއްވާ ނަމަ ގަން ޕޮލިސްގެ ނަމްބަރު 9792058 އަށް ގުޅައި އެ ތަކެތި ގެންދަން އެދިފައިވެ އެވެ.
ނަމަވެސް ވަގަށް ނެގި ކުކުޅުތަކަކީ އައްޑޫގެ ކޮން އަވަށަކުން ވަގަށް ނެގި ތަކެތި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު ގަން ޕޮލިސް ސްޓޭޝަނަކީ އާންމުކޮށް ފޭދު އާއި މަރަދޫފޭދޫ އަދި މަރަދޫގެ މައްސަލަތަކަށް ހާއްސަ ތަނެކެވެ. އެހެންވެ ވަގަށް ނެގި ކުކުޅުތަކަކީ އެ ތިން އަވަަށުން ކުރެ ކޮންމެވެސް އެެއް އަވަށަކުން ނެގި އެއްޗިއްސެވެ.
ވަގަށް ނަގާފައި ވަނިކޮށް ހޯދި ބައިސްކަލުތަކަކާއި ބަނބުކެޔޮތަކެއްގެ އިތުރުން އަންނައުނުތަކެއް ވެސް ގަން ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ފުލުހުން އިއްޔެ ބުނެފައިވެ އެވެ.