Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ކަނޑަށް ގެއްލުނު މީހާ ފެނިއްޖެ

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރު ކުރަނިކޮށް ފަރަށް އެރި "އުދަރެސް" ބޯޓުން ގެއްލިގެން ހޯދި ދުވަސްވީ ދިވެހި މީހާ މީހާ ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެ މީހާ ފެނުނީ އޮޔާދިޔަ ޕެލެޓެއް މަތީގައި އޮއްވާ މިއަދު ހެނދުނު 10:15 އެހާކަށްހާއިރު އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަަށެވެ.

އޭނަ އަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

އުދަރެސް ބޯޓު ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު، ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 01:25 ހާއިރު އެވެ. އެ ހާދިސާ ހިނގިއިރު ބޯޓުގައި 13 މީހަކު ތިއްބެވެ. އޭގެ ތެރެއިން ބިދޭސީއަކު ފަތާފައި ލ. އޮޅުވެއްޔަށް އަރާފައިވެ އެވެ. އަދި ބޯޓުން ދަތުރުކުރި 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާ ކަމަށާއި، އޭގެ ތެރޭގައި ދެ ދިވެހިންނާއި 9 ބިދޭސީން ހިމެނޭކަމަށް ފުލުހުން ބުނެފައިވެ އެ.

އަދި ހާދިސާގައި ރޭ ސަލާމަތްކުރި 12 މީހުންގެ ހާލު ވެސް ރަނގަޅުކަމަށް ފުލުހުން ބުންޏެވެ.

ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުން ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.