Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ފަވަރަ އަށް ހޮޓްލައިނެއް ތައާރަފުކޮށްފި

ފަވަރަ މެދުވެރިކޮށް ދޭ ޚިދުމަތްތަކާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ހާއްސަ ހޮޓްލައިނެއް ތަޢާރަފްކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ހާއްސަ ހޮޓްލައިތަނެއް ތައާރަފުރީ އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. އެ ހޮޓްލައިން ނަންބަރަކީ "1544" އެވެ.

ހޮޓްލައިން އިފްތިތާޙްކޮށް ދެއްވީ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.

މި ހޮޓްލައިނަކީ މަރުކަޒީ ބޭންކްގެ ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ފޯރުކޮށްދޭ ޕޭމަންޓް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވާ އެކި އެކި މައްސަލަތައް ލުއި ފަސޭހަކަމާއެކު އަވަހަށް ހައްލުކޮށް ދިނުމުގެ މަގުސަދުގައި ގާއިމުކުރި ނަންބަރެކެވެ.

އެގޮތުން އެ ހޮޓްލައިން މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައް ބަލައި، އެ ކަންކަމަށް ހައްލު ހޯދައި ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެމްއެމްއޭގެ ބެލުމުގެ ދަށުން ހިންގާ ޕޭމަންޓް މޯލްޑިވްސްއިންނެވެ.

އެމްއެމްއޭ އިން ބުނީ މާލީ ޚިދުމަތްތަކާ ގުޅޭ އާންމު ޝަކުވާތައް ހުށަހެޅުމަށް މިހާރުވެސް ބޭނުން ކުރަމުން އަންނަ 1444 ނަންބަރުގެ ޚިދުމަތް މެދުކެނޑުމެއް ނެތި ކުރިއަށް ދާނެ ކަމަށެވެ.