ގަތަރު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެ އަށް ފަށައިފި އެވެ.
އެ އެއާލައިންގެ ދަތުރުތައް ވަގުތީ ގޮތުން ރާއްޖެ އަށް މެދުކަނޑާލީ މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން އެ ސަރަހައްދުގެ ވައިގެ ސަރަހައްދު މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ބަންދުވުމާ ގުޅިގެންނެވެ.
ގަޠަރު އެއާވޭސްއިން މިއަދު އަލުން ރާއްޖެެ އަށް ދަތުރުތައް ފެށުމާ ގުޅިގެން ދެނ ް ކޮންމެ ދުވަހަކު ވެސް ދަތުރެއް ބާއްވާނެ އެއީ އެގޮތުން ހަފުތާއަކު 7 ދަތުރު އޮންނާނެ އެވެ.
ގަޠަރު އެއާވޭސް އަކީ ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ އެއް އެއާލައިނެވެ.
އެ އެއާލައިނުން ބުނީ ޖޫން މަހުގެ 15 ގެ ނިޔަލަށް ދަތުރު ކުރުމަށް ޓިކެޓް ނަގާފައި ހުރި ފަސިންޖަރުންނަށް މިހާރު ފަސޭހައިން ދުވަސް ބަދަލު ކުރެވޭނެ ކަމަށެވެ.