Last Updated: June 4, 18:34
Thursday, June 4, 2026
ޚަބަރު

މޯލްޑިވްސް އެކްސްޕޯ އަށް ހުޅުވާލައިފި

މި އަހަރުގެ އުފެއްދުންތެރިކަމުގެ ގައުމީ މަޢުރަޒު ނުވަތަ މޯލްޑިވްސް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަޠު ހުޅުވާލައިފި އެވެ.

މިއީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބިޒްނަސް ސެންޓަ ކޯޕަރޭޝަ (ބީސީސީ) އިން އިންތިޒާމުކޮށްގެނން ބާއްވާ މައުރަކެޒެވެ.

މޯލްޑިވްސް އެކްސްޕޯގައި ބައިވެރިވުމަށް އެދި ހުށަހަޅަން ޖެހެނީ ޕޯޓަލް މެދުވެރިކޮށެވެ. އަދި އޭގައި ތަކެތި ބައިވެރި ކުރުމުގެ އުޞޫލު ވެސް މިހާރު ވަނީ ގެޒެޓުގައި ޝާއިޢުކޮށްފަ އެވެ.

މިދިުޔަ އަހަރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި އުފެއްދުންތެރިކަމުގެ މަޢުރަޒަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި މިފަދަ އެންމެ ބޮޑު މަޢުރަޒެވެ. މިއީ ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށާއި، ދިވެހި ފަންނުވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުޞަތު ހޯދައި ދިނުމުގެ މަގުސަދުގައި ބާއްވާ މައުޒަރެކެވެ.

ބީސީސީން ބުނީ، މިއަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއަކުން ތަކެތި ބައިވެރިކުރެވޭނެ ކަމަށެވެ. މައުރަޒާ ގުޅޭ އިތުރު މަޢުލޫމާތު ބީސީސީގެ ނަންބަރު 3305555 އިން ހޯދޭނެ އެވެ.

މައުރަޒު ބާއްވަން ނިންމާފައި ވަނީ އޮކްޓޯބަރު 23-31 އަށެވެ.