ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވި ކަމަށް ބުނެ، އީރާނުގެ ފޮރިން މިނިސްޓަރު ސައްޔިދު ޢައްބާސް ޢަރަގްޗީ، އެމެރިކާގެ ރައީސް ޓުރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް އެންމެ ފަހުގެ އިންޒާރު ދެއްވައިފި އެވެ.
އޭނަ ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތައް ވަރަށް ސާފު އަދި ވަރަށް ޞަރީޙަ ކަމަށެވެ. އަދި އެމެރިކާ އިން ދެގޮތުން ކުރެ ގޮތެއް ޚިޔާރު ކުރަން ޖެހޭ ކަމަށެވެ. އެއީ ހަނގުރާމަ ހުއްޓާލުން ނުވަތަ އިޒުރޭލް މެދުވެރިކޮށް ހަނގުރާމަ ކުރިއަށް ގެންދިއުމެވެ.
އެކަމަކު އެމެރިކާއަކަށް ދެ ކަންތަކެއް އެއްފަހަރާ ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
އިންސާނިއްޔަތުގެ އެންމެ ބޮޑު ދެ ޢަދުއްވުންގެ ކުރިމަތީގައި، އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު ޢައްބާސް ޢަރަޤުޗީ ހުންނެވީ ސާބިތުކަމާއެކު އެއްވެސް ބިރެއް، އަދި ސިހުމެއް ނެތިއެ ވެ. ޢައްބާސް ޢަރަޤުޗީ އަކީ ވަރަށް ހިތްވަރުގަދަ ފަހުލަވާނެކެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.