Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ރޯވި ތެޔޮބޯޓް އެއްކޮށް އަނދައިފި

ފ. ފީއަލީގައި ތެޔޮ ބޯޓުގައި ރޯވި އަލިފާން ނިއްވައިލެވުނު އިރު، ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވއްޖެ އެބެ.

އެމްއެންޑީއެފުން ބުނީ ފީއަލީ ތެޔޮ ޖެޓީގައި އޮތް އެ ބޯޓުގައި ރޯވި އަލިފާން، ނިއްވައިލީ ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ އަދި ކުޑަހުވަދޫ ފަޔަ ސްޓޭޝަނުންގެ ފަޔަފައިޓަރުން ކަމަށެވެ. އަލިފާން އެއްކޮށް ނިއްވައިލެވުނީ ހެނދުނު 10:35 އެހާކަށްހާ އިރު އެވެ.

މި ހާދިސާގައި ތެޔޮބޯޓްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަރަށް ބޮޑަށް ފިހިގެން މިހާރު އަންނަނީ ފީއަލީ ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ.

ތެޔޮބޯޓްގައި ރޯވި ހާދިސާގައި ފެތުރި ތިން އަލިފާން ފެތުރި ތިން ދޯންޏަކާއި ފީއަލީގެ އައިސްޕްލާންޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.