އަލަށް އިންތިހާބުވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކަށް އަލަށް ހޮވުނު ހުވާކުރުމުގެ ރަސއް،ިއްޔާތު އަންނަ މަހުގެ 17 ގައި ބާއްވަން ނިންމައިފި އެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނީ މުޅި ރާއްޖޭގައި އެކަން ކުރިއަށް ދާނީ އެއް ވަގުތެއްގައި ކަމަށެވެ.
އާ ކައުންސިލަރުން ހުވާކުރަން ހަމަޖެއްސި ތާރީހަކީ މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ހަމަވާ ދުވަހެވެ.
ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އެ ދެ އިންތިހާބުގެ ގިނަ ގޮނޑިތައް ނެގީ އިދިކޮޅު އެމްޑީޕީންނެވެ. އެގޮތުން އެމްޑީޕީން ކައުންސިލްތަކުގެ 269 ގޮނޑި ކާމިޔާބު ކުރި އިރު ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް ނެގުނީ 233 ގޮނޑި އެވެ.