މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު 20 ވަނަ ރައްޔިތުން މަޖިލީހުގެ ޖަލްސާތައް އަންނަ ހަފުތާގައި ފަށަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން މި ދައުރުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ މިދިޔަ މަހުގެ 8 ގަ ދުވަހުއެވެ. އޭގެ ފަހުން ރޯދަ މަހުގެ ފަހު 10 އަށް ސަރުކާރު ބަންދުކުރުމާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް ވެސް މެދުކަނޑާލިއެވެ.
މަޖިލިސް އިދާރާއިން ބުނީ ޖަލްސާތައް އަލުން ފަށަން ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހު ކަމަށެޗެ. އެ ޖަލްސާ ވާނީ މި އަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާއަށެވެ. ހޯމަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށްވިދާޅުވިއެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދާނީ ކޮންމެ އަހަރަކު ވެސް 3 ދައުރަކަށެވެ. ފުރަތަމަ ދައުރު މެއި މަހުގެ 15 އާ ހަމައަށް ކުރިއަށްދާނެ އެވެ.
މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ 1 އިން ފެށިގެން އޮގަސްޓު މަހުގެ 15 އަށެވެ. ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮކްޓޯބަރު 1 އިން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
މިހާރު ހިނގަމުން އަންނަ 20 ވަނަ މަޖިލީހަކު ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހެކެވެ.