Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ޑްރަގް ވިޔަފާރިކުރި މީހަކު 12 އަހަރަށް ޖަލަށް

ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައެއްގައި މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވީ ސ. ފޭދޫ، ޝީރާޒީގެ، ޢަލީ ސާއިމް (32އ) ގެ މައްޗަށެވެ.

އޭނާ 12 އަހަރާއި 6 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 50,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިމަހުގެ ހަތްވަނަ ދުވަހު އެވެ.

މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސާއިމް ހައްޔަރުކުރީ އޮގަސްޓް 19، 2024 ވަނަ ދުވަހު އެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ އޮކްޓޫބަރު 16، 2024 ވަނަ ދުވަހު އެވެ.