މާލޭގެ ގެއެއްގެ މަތީން މީހަކު ވެއްޓި އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މާލޭ، މާފަންނު، ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިރޭ 18:20 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މީހާ ވެއްޓުނީ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅަށް ކަމަށް ފުލުހުން ބުނެ އެވެ. ވެއްޓިފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ. އެއީ 30 އަހަރުގެ ފިރިހެނެކެވެ.
މި ހާދިސާގައި ވެއްޓުނު މީހާ އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.