އިޒުރޭލުގެ ޖާސޫސީ ސްކޮޑުގެ 29 ސިފައިން ކްލެސިފައިޑް ޑޮކިއުމަންޓްތަކާއެކު ޙިޒުބުالله ގެ ސިފައިންނަށް އަމާންދީ ހަތިޔާރު ބަހައްޓައިފިއެވެ. ޙިޒުބު الله އަށް މިވަގުތު ވަނީ ވަރަށް ނާޒުކު ޑޭޓާތަކެއް ލިބިފަ އެވެ.
ޙިޒުބުالله އާ ހަވާލުކޮށްފައިވާ ތަކެތީގެ ތެރޭގައި ލެޕްޓޮޕްތަކާއި، ޗާޓްތަކާއި، ސިއްރު ލިޔެކިޔުންތައް ހިމެނެއެވެ. މިއީ މިހާރު ލުބުނާނުގައި އިޒުރޭލުން ހިންގަމުންދާ ހަމަނުޖެހުމުގައި ލައިވް ޑޭޓާއާއެކު ޙަރަކާތްތެރިވި ޖާސޫސީ ޔުނިޓަކުން އަމާންދިން ފުރަތަމަ ފަހަރެވެ.
އަދި، ޑްރޯން ކޮންޓްރޯލް ސްޓޭޝަނާއެކު އިޒުރޭލުގެ 67 އިންޖިނިއަރުންނާއި، ޓެކްނީޝަނުން ވެސް ޙިޒުބު الله އަށް އަމާންދީފި ކަމަށް ޚަބަރުތައް ލިބެމުންދެއެވެ.
ޙިޒުބުالله ގެ ބާރުތަކާއި ޙަވާލުކޮށްފައިވާ ތަކެތީގެ ތެރޭގައި، ލައިވް ކޮންޓްރޯލް ނިޒާމުތަކާއި، ފަންނީ މެނުއަލްތައްވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން މުޤާވަމާއަށް އިޒުރޭލުގެ ޑްރޯން ޓެކްނޮލޮޖީގެ ތެރެއަށް ސީދާ ވަދެވޭނެއެވެ.
އޭގެ އިތުރުން، އިޒުރޭލުގެ ޚާއްޞަ ބާރުތަކުގެ ޔުނިޓަކުން، ޙިޒުބު الله އާ ދެކޮޅަށް 3 ގަޑިއިރުވަންދެން ޙަމަލާ ދިނުމަށްފަހު، ހިފަހައްޓައި ނުލެވިގެން، އެންމެފަހުން އަމާންދީ ޙަވާލުވެއްޖެއެވެ. ސަޙުޔޫނީ ސިފައިން، ޙިޒުބު الله ގެ ކުރިމަތީގައި ހަތިޔާރު ބަހައްޓައި، އަމާން ދިނުމަށް ފަހު، "ފުދިއްޖެއޭ، ފުދިއްޖެއޭ" ކިޔާ، އިޒުރޭލުގެ ޣައިރު ޤާނޫނީ ސަރުކާރާއި ދެކޮޅަށް އަޑުއުފުލާފައިވާ މަންޒަރު ވަނީ ރެކޯޑްކޮށްފައިވެއެވެ. އިޒުރޭލުގެ އަސްކަރިއްޔާއާއި ދެކޮޅަށް އިޒުރޭލު ސިފައިން ބަޣާވާތްކުރާ މަންޒަރު، ދައްކުވައިދޭ އޯޑިއޯ އާއި، ވީޑިއޯ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވައިރަލް ވަމުން އެބަދެއެވެ.
މިކަންކަމާއި ގުޅިގެން އެމެރިކާއާއި، ސަޙުޔޫނީ ކިޔާނު އޮތީ ބޮޑު ސިހުމެއްގެ ތެރޭގައެވެ. ނުލަފާ، ޖައްބާރު އެމެރިކާއަކަށް އެހީތެރިވެދެވޭކަށް ނެތެވެ.
އިޒުރޭލުގެ ކޮމާންޑް އޮތީ މުޅިން ބިރުން ވިރިވިރިއެވެ. އީރާނަކީ މެދުއިރުމަތީގެ ސުޕަޕަވަރެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.