Last Updated: June 6, 09:42
Saturday, June 6, 2026
ކުޅިވަރު

މި ސީޒަނަށްފަހު ރޮބަޓްްސަން ލިވަޕޫލް ދޫކޮށްލަނީ

މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލަން ފުލްބެކް، އެންޑީ ރޮބަޓްސަން ނިންމާފައިވާ ކަމަށް އެ ކްލަބުން އިއުލާނުކޮށްފި އެވެ.

މި ސީޒަނަށް ފަހު ރޮބަޓްސަން ،32، ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނައިރު، އޭނާ ބުނީ މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރާ ކަމަށާއި ލިވަޕޫލްގައި ހޭދަކުރި 9 އަހަރު ފަހަތަށް އެނބުރި ބަލާނީ ހިނިތުންވުމާއެކު ކަމަށެވެ.

ސްކޮޓްލޭންގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުންދާ ރޮބަޓްސަން ލިވަޕޫލްއާ ގުޅުނީ 2017 ވަނަ އަހަރު ހަލް ސިޓީން 8 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭނާ ވަނީ ލިވަޕޫލާއެކު ދެ ފަހަރު ޕްރިމިއާ ލީގާއި އެއް ފަހަރު ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕާއި ޔުއެފާ ސުޕަ ކަޕާއި އެފްއޭ ކަޕްގެ އިތުރުން ދެ ފަހަރު ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ރޮބަޓްސަންގެ އިތުރުން މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލަން މިސްރުގެ ކެޕްޓަން، މުހައްމަދު ސަލާހު ވެސް ވަނީ ނިންމައިފަ އެވެ.