ގއ. އަތޮޅުން ހައްޔަރުކުރި ޑްރަގު ނެޓްވޯކްގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން އަލިމަގު" އޮޕަރޭޝަންގެ ދަށުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ގއ. ވިލިގިނލިން ހަތަރު މީހަކު ހައްޔަރުކުރި އެވެ.
އޭގެ ތެރޭގައި ހިމެނެނީ އެ ރަށު ޝެވޯނާ، ޝައްފާހު ލަތީފް، 28، އާއިޔުޒިކީއާގޭ އަހުމަދު މަދީހު، 33، އާއި އައިޒަން، އަހުމަދު އަނާމް އިބްރާހީމް، 30، ގެ އިތުރުން އަރާއިރުގޭ ނޫރުއް ނިޒާމް، 35، އެވެ.
ފުލުހުން ތުހުމަތުކޮޮށްފައިވާ ގޮތުގައި އެ އެންމެންނަކީ ވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ހިމެނޭ ބޮޑުންތަކެކެވެ. އަދި އެ މީހުންގެ އެކައުންޓްތަކުގައި 300 މިލިއަނެއްހާ ރުފިޔާ ރޯލްކޮށްފައިވާ ކަަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.