Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ބިދޭސީން ބޭރަށް ފޮނުވާ ފައިސާއާ ބެހޭ ސާވޭއެއް

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެ އިން ބޭރަށް ފޮނުވާ ފައިސާއާ ބެހޭ ސާވޭއެއް މިއަދު މާލެ ސަރަހައްދުގައި ފަށަން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މި އިން ބުނީ މިއީ ބެލެންސް އޮފް ޕޭމަންޓްސް ތަފާސްހިސާބުތައް ތައްޔާރު ކުރުމަށް ބޭނުންވާ ޑޭޓާ ހޯދުމަށް ކުރިއަށް ގެންދާ ސާވޭއެއް ކަމަށެވެ. ސާވޭ މެދުވެރިކޮށް އެއްކުރެވޭ މައުލޫމާތުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންގެ ފައިސާ ފޮނުވުމަށް ބޭނުންކުރާ ވަސީލަތްތައް، ފައިސާ ފޮނުވާ ފްރިކުއެންސީ، އަދި ފޮނުވާ ފައިސާގެ އަދަދުތައް ހިމެނެ އެވެ.

އެހެންވެ ބިދޭސީ މަސައްކަތްތެރިން ސާވޭގައި ބައިވެރިވުމަށް އެމްއެމްއޭ އިން ބާރު އަޅަ އެވެ.

ސާވޭގައި މަސައްކަތްތެރީންގެ ނަމާއި ޕާސްޕޯޓް ނަންބަރާއި ނުވަތަ ވޯކް ޕާމިޓް ތަފްސީލު ފަދަ ޒާތީ މައުލޫމާތެއް ނުހޯދާނެ އެވެ. އަދި ސާވޭގައި އެއްކުރެވޭ މައުލޫމާތުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން މަރުކަޒީ ބޭންކުން ދީފައިވެ އެވެ.