Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އެމްޓީސީސީން ބޭރުގައި މަޝްރޫއުތައް ހިންގަނީ

ރާއްޖެ އިން ބޭރުގައި މަޝްރޫއުތައް ހިންގަން ފުރުސަތު ފަހިވަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނީގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދީ އެމްއެމްޓީވީގައި ވިދާޅުވީ ސަރުކާރުގެ ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގައި ތަންފީޒުކު ރުމަކީ އެމްޓީސީސީގެ ޕޯޓްފޯލިއޯ މުއްސަނދިވެ ވަރުގަދަވަމުން އަންނަ ކަމެއް ކަމަށެވެ. އެހެންވެ މީގެ ސަބަބުން ކުންފުންޏަށް އޮންނަ އިތުބާރާއި ޔަގީންކަންން ބޮޑުވެ، ރާއްޖެ އިން ބޭރުގެ ބައެއް މަޝްރޫއުތައް ހިންގުމުގައި އެ ކުންފުންޏާ ގުޅިގެން އެކީގައި މަސައްކަތް ކުރަން ބައިނަލްއަގުވާމީ ކުންފުނިތަކުން ހުށަހަޅަމުން އަން ކަމަށް ސަައުދީ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ އެމްޓީސީސީ އަކީ އާއްމުކޮށް ރައްޔިތުންނަށް ހިއްސާ ވިއްކައިގެން ހިންގަމުން އަންނަ ކުންފުންޏަކަށްވުމާއި، ގިނަ އަދަދެއްގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާ ކުންފުންޏަކަށްވުމާއެކު، އެ ކުންފުންޏާއެކު މަސައްކަތްކުރުމަށް ގިނަ އަދަދެއްގެ ބޭރު ކުންފުނިތަކުން ހުށަހަޅަމުން އަންނަ ކަމަށެވެ.

ސައުދީ ވިދާޅުވި ގޮތުގައި މިކަމުގެ ފައިދާ އެންމެ ބޮޑަށް ފެންނާނީ އެމްޓީސީސީން ބަައިނަލްއަގުވާމީ ބިޑެއްގަައި ބައިވެރިވުމުން ކަމަށެވެ. އެއީ ކުންފުނީގެ ޕޯޓްފޯލިއޯ ވަރުގަދަވުމަކީ އެފަދަ ބިޑުތައް ކާމިޔާބު ކުރަން ފަސޭހަވާނެ ކަމެެއް ކަމަށް ވެސް ވިދާޅުވި އެވެ.

ސައުދީ ވިދާޅުވީ ބޭރުގެ މަޝްރޫއުތައް ހިންގުމުގައި އެމްޓީސީސީއާ ބައިވެރިވެގެން މަސައްކަތް ކުރުމަށް ޝައުގުވެރިވާ ބޭރުގެ ކުންފުނިތަކާ އެކު މަޝްވަރާތަކެއް ވެސް ކުރިއަށްދާ ކަމަށެވެ. ކުރަމުންނެވެ. އަދި އޭގެ ތެރެއިން އެއް ހުށަހެޅުމަކީ މޮރިޝަަސްގަައި އެއާޕޯޓެއް ތަރައްގީ ކުރުމާ ގުޅޭ މަޝްރޫއެއް ކަމަށް ވިދާޅުވި އެވެ.

"މިހާރު ވެސް އަަަޅުގަނޑުމެންނާ ބޭރުގެ ދެ ޕާޓީއަކުން އެޕްރޯޗް ކުރަމުން އެބަދޭ. އެމީހުން ބޮޑެތި ޕްރޮޖެކްޓުތަކަަަށް ވަނުމަށްޓަކައި ޕާޓްނަރަކަަށް އެމްޓީސީސީ ނަގަން،" އޭނަ ވިދާޅުވި އެވެ. " މިސާލަކަަށް އިންޑިއަގެ ބޮޑު ޕާޓީއަކުން މޮރިޝަސްގައި އެއާޕޯޓެއް ތަރައްގީ ކުރަން އެމްޓީސީސީ ޕާޓްނަރަކަށް ހަދަން، ހަމަ އެމްޓީސީސީގެ ޕޯޓްފޯލިއޯ، އެމްޓީސީސީގެ ހިސްޓްރީ، އެމްޓީސީސީން ނިންމާފައި ހުރި ޕްރޮޖެކްޓްތައް އެއަށް ބިނާކޮށް އެ މީހުންނަށް ޕްރޮޖެކްޓް ވިންކުރުމަށް ވަރަށް ބޮޑެތި ޕްލަސް ޕޮއިންޓްތަކެއް އެބަ ލިބޭ."

އޭނަ ވިދާޅުވީ ރާއްޖެއިން ބޭރުގެ މަޝްރޫއުތަކަށް ބިޑުކޮށް ކާމިޔާބުކޮށްގެން އެފަދަަ މަޝްރޫއުތަކުގެ މަސައްކަަތް ކުރުމަކީ ކުންފުނީގެ ވަރަށް ބޮޑު އަމާޒެއް ވެސް ކަމަށެވެ.

އެމްޓީސީސީން ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބިންހިއްކުމާއި މަގުތައް ހެދުމާއި ބަނދަރުތައް ހެދުމާއި އެއާޕޯޓްތައް ހެދުމެވެ.