Last Updated: June 5, 06:06
Friday, June 5, 2026
މުނިފޫހިފިލުވުން

ސަނީގެ އާ އެކްޝަން ފިލްމަކީ 'ލަކަން'

ސަނީ ޑިއޯލްގެ އާ އެކްޝަން ފިލްމުގެ ނަމަކީ 'ލަކަން' ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ މި ފިލްމުގެ ޝޫޓިން މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ ކަމަށެވެ. ލަކަންގެ ޑައިރެޓަރަކީ މީގެ ދެ އަހަރު ކުރިން ރިލީޒްކުރި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން ވަރުގަދަ އެކްޝަން ފިލްމު 'ކިލް' ގެނެސްދިން ނިކިލް ނާގޭޝް ބަޓެވެ.

ސަނީއާ އެކު އޭނަ ހަދަން ނިންމާފައިވާ ވަރުގަދަ އެކްޝަން ފިލްމަކީ އިންޑިއާގެ ދެކުނުގެ މަޝްހޫރު ޕްރޮޑަކްޝަން ހައުސް މައިތުރީ މޫވީ މޭކާސްއާ ގުޅިގެން، ބޮޑު ބަޖެޓަކުން ހަދަން ނިންމާފައިވާ ފިލްމެކެވެ. 'ލަކަން' ގައި ސަނީއާ އެކު ކާސްޓްގައި ދެން ހިމެނޭނީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި 'ބޯޑާ 2' އެވެ. ސަނީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި 'އިއްކާ'، 'ގަބްރޫ'، 'ލާހޯރް، 1947' އަދި 'ރާމާޔަން' ގެ ދެ ބައި ހިމެނެ އެވެ.