ރާއްޖޭގައި ބާއްވާ "ބްލައިންޑް ފޯލްޑް ރަން" ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ޕެރަ-ސްޕޯޓްސް އިން ހުޅުވާލައިފިއެވެ.
މި ދުވުމުގެ ޝިއާރަކީ ”ރަން ފޯ ލައިޓް“ އެވެ. މިއީ ޕެރަ-ސްޕޯޓްސް ކްލަބުން އިންތިޒާމްކޮށްގެން، ލޮލަށް ނުފެންނަ މީހުން ދުވުންތަކުގައި ބައިވެރިވާއިރު ކުރެވޭ އިހްސާސްތައް އާންމުންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެކެވެ.
މި ދުވުން ބާއްވާނީ އަންނަ ޖޫން މަހުގެ 5 ގަ އެވެ.
ޕެރަ-ސްޕޯޓްސް އިން ބުނީ ދުވުމުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އަންނަ މަހުގެ 20 އާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ދުވުމުގައި ބައިވެރިވާން ޖެހެނީ ދެ މީހުންގެ ޕެއާއެއް ނުވަތަ ޖޯޑެއްގެ ގޮތުގައެވެ. ދުވުމުގައި ރެޖިސްޓްރީވުމުގެ ފީއަކީ 700ރ. އެވެ.
ދުވުމުގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް "ބްލައިންޑް ރަން ޕެކޭޖް" އެއް ލިބޭނެއެވެ. މި ޕެކޭޖުގައި ހިމެނެނީ ދުވުމަށް ޚާއްސަ ޖާޒީ އާއި ބިބާއި ލޯ ނިވާކުރާ މާސްކާއި ދެ މީހުން ގުޅުވައިދޭ ޓެތާގެ އިތުރުން ދުވުން ނިންމާ ފަރާތްތަކަށް ދެވޭ މެޑަލް ެވެ.
ޕެރަ-ސްޕޯޓްސް އިން ބުނީ ހާއްސަ ދުވުމުގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ކުޅިވަރުގެ މައިދާނުގައި ކުރާ ހިތްވަރާއި، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް އަމަލީ ގޮތުން ތަޖުރިބާކޮށްލަން އާންމުންނަށް ފަހިކޮށް ދިނުން ކަމަށެވެ.
އެހެންވެ ވީހާވެސް ގިނަ ބަޔަކު މީގައި ބައިވެރިވާން އެދިފައިވެ އެވެ.