މިދިޔަ މަހާ ހަމައަށް ދައުލަތަށް ޑޮލަރުން ލިބުނު 15 ޕަސެންޓް އިތުރު ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާ) އިން ބުނެފި އެވެ.
މާޗް މަހުގެ ދައުލަތުގެ އާމްދަނީގެ ރިޕޯޓުގައިވާ ގޮތުން އެ މަހުގެ ނިޔަލަށް ޑޮލަރުން ބަލައިގަނެފައިވާ ޖުމްލަ އާމްދަނީ އަކީ 512،444،534 ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޑޮލަރުން ލިބުނު އާމްދަނީ އަށް ވުރެ 15 ޕަސެންޓްގެ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި ޑޮލަރުން ލިބުފައި ވަނީ 441،847،516 ޑޮލަރެވެ.
މިދިޔަ މަހުގެ ނިޔަލަށް ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި އެންމެ ބޮޑުބައެއް ހިއްސާ ކުރަނީ ޓީޖީއެސްޓީ އާއި ޑީޕާޗަ ޓެކުހާއި އިންކަމް ޓެކްހާއި އެއާޕޯޓު ޑިވެލޮޕްމަންޓު ފީ އެވެ.
ޑޮލަރުން ލިބުނު އާމްދަނީ:
* ޓީޖީއެސްޓީ: 269 މިލިއަން ޑޮލަރު
* އިންކަމް ޓެކްސް: 56 މިލިއަން ޑޮލަރު
* ލޭންޑް އެކިއުޒިޝަން އެންޑު ކޮންވާޝަން ފީ: 35 މިލިޔަން ޑޮލަރު
* ގްރީން ޓެކްސް: 47 މިލިއަން ޑޮލަރު
* އެއާޕޯޓު ޑިވެލޮޕްމަންޓު ފީ: 37 މިލިއަން ޑޮލަރު
* ޑިޕާޗާ ޓެކްސް: 36 މިލިއަން ޑޮލަރު
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 208 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހު ލިބުނު 178 މިލިޔަން ޑޮލަރާ އަޅާ ބަލާއިރު 16 ޕަސެންޓްގެ އިތުރުވުމެކެވެ.
މިދިޔަ އަހަރު މީރާއަށް ޑޮލަރުން އާމްދަނީ އަށް ލިބިފައި ވަނީ ވަނީ 1.4 ބިލިއަން ޑޮަލަރެވެ. ށް އަރާފައެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު 1 ބިލިޔަން ޑޮލަރާ އަޅާ ބަލާއިރު 37 ޕަސެންޓް އިތުރުވުމެކެވެ.