Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

އެމްޑީޕީގެ ހިންގުން 5 ލީޑަރުންގެ ކޮމިޓީއަކަށް

އިދިކޮޅު އެމްޑީޕީގެ ހިންގުން އެ ޕާޓީގެ ފަސް ލީޑަރުން ހިމެނޭ ވަގުތީ ކޮމިޓީއަކާ ހަވާލު ކުރަން ނިންމައިފި އެވެ.

މިގޮތަށް ނިންމާފައިވަނީ އެމްޑީޕީގެ ލީޑަރުންނަށް ބެހިފައިވާ ފެކްޝަންތަކުގެ މެދުގައި މަޝްވަރާ ކުރުމަށްފަހުގަ އެވެ.

މި މަޝްވަރާތަކުގައި ނަޝީދަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދާއިމީ މެންބަރުކަން ދިނުމަށާއި އަދި އެމްޑީޕީ ހިންގުން ލީޑަރުންގެ ފަސް މެންބަރުން ހިމެނޭ އިންތިގާލީ ކޮމިޓީއަކާ ހަވާލު ކުރުމަށް ވަނީ އެއްބަސްވެފަ އެވެ.

އެ މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ، ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފުރު މޫސާ އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ.

މި ކޮމިޓީއާ އެމްޑީޕީ ހިންގުން ހަވާލުކުރަން ނިންމާފައިވަނީ، ދާއިމީ ޗެއާޕާސަނެއް އިންތިހާބު ކުރެވެންދެންނެވެ.

މި ކަންކަން ފާސްކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މި ބައްދަލުވުން ބާއްވާނީ ސިއްރުކޮށްގެންނެވެ.