Last Updated: June 6, 06:06
Saturday, June 6, 2026
ކުޅިވަރު

ބާސާއަށް އެއް ވަނައިގައި 9 ޕޮއިންޓުގެ ލީޑެއް

ސްޕެނިޝް ލީގުގައި ރޭ އެސްޕަންޔޯލް އަތުން 4-1 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި ބާސެލޯނާ އިން ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި މޮޅާއެކު ބާސާ އެއް ވަަަނައިގައި އޮތީ 31 މެޗުން 79 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް 31 މެޗުން ލިިބިފައި އޮތީ 70 ޕޮއިންޓެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބާސާއިން ފުރަތަމަ 25 މިނިޓް ތެރޭގައި ދެ ގޯލު ޖެހި އެވެ. މި ދެ ލަނޑު ވެސް ޖަހާފައިވަނީ ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތުތަކުން ފެރާން ޓޮރޭޒް އެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ޕޮލް ލޮޒާނޯ ވަނީ ލަނޑެއް ޖަަހައި އެސްޕަންޔޯލަށް އުންމީދެއް ހޯދައިދީފަ އެވެ. މެޗުގެ 87 ވަނަ މިނެޓްގައި ޔަމާލް ބާސާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، މިއީ އުމުރުން 18 އަހަރުގެ ޔަމާލް ކުޅުނު 100 ވަނަ މެޗެވެ. ބާސާގެ ހަތަރުވަނަ ގޯލު އޭގެ ދެ މިނެޓް ފަހުން ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އެވެ.

ބާސާއަށް ދެން ކުރިއަށް އޮތީ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗެވެ. ބާސާގެ ދަނޑުގައި ކުޅުނު ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު 2-0 އިން ކާމިޔާބުކުރީ އެތުލެޓިކޯ އިންނެވެ.