އައްޑޫގައި ގާއިމުކުރުގެ މަސައްކަތް ފަށާފައިވާ ދެކުނުގެ ސަރަޙައްދީ ކުނި މެނޭޖުކުރާ ނިޒާމަށް ޚާއްސަކޮށް ބަނދަރަކާއި ރިސައިކަލް ފެސިލިޓީއެއް ގާއިމު ކުރަން ތައްޔާރުވާން ފަށައިފި އެވެ.
މިކަމާ ގުޅޭ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ އެ މަޝްރޫއުތަކުގ ޢަމަލީ ގޮތުން ފެށުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރުވަމުން އަންނަ ކަމަށެވެ.
ކުނި މެނޭޖް ކުރަން އައްޑޫގައި ހިންގާ މަޝްރޫއަކީ ފުވައްމުލަކާއި ގއ. އަތޮޅު އަދި ގދ .އަތޮޅަށް ހާއްސަ މަޝްރޫއެކެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން އައްޑޫގައި ކުރިން ވަނީ ކުނި އަންދާ ތިމާވެއްޓާ ރައްޓެހި ޒަމާނީ ނިޒާމެއް ގާއިމުކޮށްފަ އެވެ. މިއީ މިއީ، ކުނި އަންދައިގެން އުފެދޭ ހަކަތަ ކަރަންޓަށް ބަދަލުކުރާ ނިޒާމެކެވެ.
އެތަން ގާއިމުކޮށްފައި ވަނީ މި އެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުންނެވެ. އެއީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ގާއިމުކޮށް، ވެމްކޯއާ ހަވާލުކޮށްފައިވާ ތަނެކެވެ. އަދި އެ ޕްލާންޓަކީ 1.5 މެގަވޯޓު ކަރަންޓު އުފެއްދޭ ޕްލާންޓެކެވެ. މިއީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދޭ ގޮަތަށް ހަދާފައިވާ ރާއްޖޭގައި ގާއިމުކުރި މިފަދަ ފުރަތަމަ ޕްލާންޓެވެ.
ރާއްޖޭގެ އެއްމެ ދެކުނުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން އައްޑޫ ސިޓީގައި ގާއިމުކުރާ ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒުގެ ވޭސްޓް ޓު އެނަރޖީ ޕްލާންޓް ކޮމިޝަންކުރުމަށްޓަކާއި ވެމްކޯއަށް ވަނީ ހަވާލުކުރެވިފަ. pic.twitter.com/w2H5MTowog
— Environment Maldives (@MoEnvmv) September 6, 2023
"އައްޑޫގައި ހުރީ އިންސެނިރޭޝަން ސިސްޓަމެއް އެކަނި. ރީޖަނަލް ސެންޓަރަކަށް ބަދަލުކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ. ކުނި ވަކިކުރެވޭނެ ނިޒާމަކާއި، އެންދުމަށްފަހު ބާކީ ހުންނަ ބައި ބެހެއްޓޭނެ ތަނަކާއި، އިދާރީ އޮފީސް އިމާރާތެއް އެޅުމާ ގުޅޭ މަސައްކަތް ދަނީ ކުރަމުން،" ތޯރިގް ވިދާޅުވި އެވެ. މި" ޕްރޮޖެކްޓަށް ފައިސާ ވެސް ވަނީ ހަމަޖެހިފައި."
މިނިސްޓަރު ވިދާޅުވީ ކުނި ނޭޖުކުރާ ފެސިލިޓީގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ކުރިއަށް ގެންދާ މި މަސައްކަތްތައް ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ލިޔެކިޔުންތަކާއި އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.