އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ ސިއްހީ ހާލު ދަރެވަ، ހޮސްޕިލަޓްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ
މީޑިއާތަކުން ބުނީ މިހާރު އުމުރުން 92 އަހަރުގެ ފަންނާނަށް ރެއިން ފެށިގެން ފަރުވާ ދެމުން އަންނަނީ މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލްގައި ކަމަށެވެ. އާއިލާ އިން ބުނެފައިވާ ގޮތުގައި އާޝާ އެޑްމިޓްކުރީ ވަރުދެރަވުމުގެ އިތުރަށް މޭމަތީގެ އިންފެކްޝަނަކާ ގުޅިގެންނެވެ.
އާޝާ އެޑްމިޓް ކުރުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަދެންދުރަ މޯދީ ސޯޝަލް މީޑިއާގައި މިއަދު ވިދާޅުވީ އާޝާގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އަވަސް ޝިފާއަކަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.
Deeply concerned to hear that Asha Bhosle Ji has been admitted to hospital. Praying for her good health and a speedy recovery.
— Narendra Modi (@narendramodi) April 12, 2026
މަޝްހޫރު އެތައް ލަވައެއްގެ އަޑުގެ ވެރިޔާ އާޝާ އަކީ އިންޑިއާގައި އުފެދުނު އެންމެ ކުޅަދާނަ އަދި އެންމެ ހުނަރުވެރި އަންހެން ލަވަކިޔުންތެރިންގެ ތެރެއިން އެކެކެވެ. އޭނަ އަކީ އިންޑިއާގެ ނުފޫޒު ގަދަ މިއުޒިކީ އާއިލާ ކަމަށްވާ މަންގޭޝްކަރް އާއިލާގެ މެންބަރެކެކެވެ.
ނަވާރަ ސަތޭކަ ސާޅީހުގެ އަހަރުތަކުން ފެށިގެން ފިލްމުތަަކަށް ލަވަކިޔަމުން އައި އާޝާގެ ކެރިއަރުގައި 12،000 އަށް ވުރެ ގިނަ ލަވަ ރެކޯޑްކޮށްފައިވެ އެވެ.
އިންޑިއާ އެ ފަންނާނުންނަށްޓަކައި ފަހުރުވެރިވާ ފަންނާނުންގެ ތެރޭގައި ހިމެނޭ އާޝާ އަކީ އިންޑިއާ ސަރުކާރުން ދެވަނަ އަށް ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ޕަދްމާ ވިބުޝަން 2008 ގައި ލިބިފައިވާ ލަވަކިޔުންތެރިއެކެވެ.
ދެ ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ އާޝާ އަކީ އިންޑިއާގެ އަންހެން ރަންއަޑުގެ ވެރިޔާ ލަތާ މަންގޭޝްކަރްގެ ކޮއްކޮ އެވެ. ލަތާ ވަނީ އުމުރުން 92 އަހަރުގައި ފެބްރުއަރީ 6، 2022 ގައި މަރުވެފަ އެވެ.