Last Updated: June 4, 18:34
Thursday, June 4, 2026
ޚަބަރު

ރައީސް އަންނަ މަހު ލަންކާ އަށް ވަޑައިގަންނަވަނީ

ރަސްމީ ދަތުރެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ މަހު ސްރީ ލަންކާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް މުއިއްޒު ވަރަށް އަވަހަށް ލަންކާ އަށް ވަޑައިގަންނަވާނެ ކަމަށް މިދިޔަ އަހަރުގެ ތެރޭގައި ވެސް ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އެ ގައުމުގެ މީޑިއާތަކުން ބުނީ އަންނަ މަހު ރައީސް ލަންކާ އަށް ކުރައްވާ ދަތުރުގައި އެ ގައުމުގެ އިސްވެރިންނާ ބައްދަލު ކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރަން އެއްބަސްވުންތަކެއްގައި ސޮއި ވެސް ކުރައްވާނެ ކަމަށެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ދިވެހި ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.

ދެހާސް ސައުވީހުގައި ލަންކާގެ ރައީސް ކަމަށް ވަޑައިގެންނެވި އަނޫރަ ކުމާރަ ޑިސަނަޔަކެ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖެ އަށް ރަސްމީ ދަތުރެއް ކުރެއްވި އެވެ.