Last Updated: June 5, 10:59
Friday, June 5, 2026
ޚަބަރު

މިފްކޯގެ ސީއީއޯ އިސްތިއުފާ ދީފި

މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނަ އިސްތިއުފާ ދެއްވިކަން ކުންފުނީގެ މުވައްޒަފުންނަށް ވެސް މިއަދު ވަނީ އަންގަވައިފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވީ ސީދާ ކޮން ސަބަބަކާ ހެދި ކަމެއް ސާފެއް ނުވެ އެވެ.

ސަރުކާރުގެ މަސް ކުންފުނީގެ ސީއީއޯގެ މަގާމަށް ފަރުހަތު އައްޔަންކުރީ މިދިޔަ އަހަރުގެ މާޗް 5 ގަ އެވެ.

ސިފައިންގޭގައި ވެސް ހިދުމަތުން 2012 ގައި ރިޓަޔާ ކުރެއްވި ފަރުހަތު މީގެ ކުރިން އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމު ވެސް ފުރުއްވި އެވެ.