Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ޕާސްޕޯޓާ ގުޅޭ 3 ހިދުމަތެއް އިމުގާ މެދުވެރިކޮށް

ޕާސްޕޯޓާ ގުޅޭ ތިން ހިދުމަތެއް އިމުގާ މެދުވެރިކޮށް ލިބޭނެ ގޮތް ހަދައިފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އިމުގާ މެދުވެރިކޮށް ލިބޭނެ ޕާސްޕޯޓާ ގުޅޭ ތިން ހިދުމަތަކީ ކަލެކްޝަން ޕޮއިންޓް ބަދަލު ކުރުމާއި
ޕާސްޕޯޓު ކޮޕީއަށް އެދި ހުށަހެޅުމުގެ އިތުރުން ކުރީގެ ޕާސްޕޯޓުގެ ތަފްސީލު ހޯދުން ކަމަށެވެ.

ޕާސްޕޯޓް ހަވާލުވުމަށް އިހުތިޔާރުކޮށްފައިވާ ރަށް ނުވަތަ އޮފީސް ބަދަލު ކުރަން ބޭނުންވާ ނަމަ، މިހާރު ސިޓީ ފޮނުވުމުގެ ބަދަލުގައި އިމުގާ ޕޯޓަލްއަށް ލޮގިންވެ ދިވެހި ޕާސްޕޯޓު ޓެބުން ކަމާގުޅޭ އެޕްލިކޭޝަން އިހުތިޔާރުކުރުމަށް ފަހު، އެޑިޝަނަލް ރިކުއެސްޓު މެދުވެރިކޮށް ފަސޭހަކަމާއެކު ކަލެކްޝަން ޕޮއިންޓް ބަދަލު ކުރެވޭނެ އެވެ.

އަދި ދޫނުކޮށް އޮތް ޕާސްޕޯޓެއްގެ ކޮޕީއެއް ބޭނުންވާ ނަމަ، އީމެއިލް ކުރުމުގެ ބަދަލުގައި އިމުގާ ޕޯޓަލްއަށް ލޮގިންވެ އެޕްލިކޭޝަންގެ ތެރޭގައިވާ، އެޑިޝަނަލް ރިކުއެސްޓު ބައިން ޕާސްޕޯޓު ކޮޕީއަށް ރިކުއެސްޓު ކުރެވޭނެ އެވެ.

މީގެ އިތުރުން ކުރީގެ ޕާސްޕޯޓުގެ ތަފްސީލު ހޯދުން ކުރިން ބޭނުންކޮށްފައިވާ ޕާސްޕޯޓުތަކުގެ ތަފްސީލު ހިމެނޭ ލިޔުމެއް ބޭނުންވާނަމަ ޕޯޓަލްއިން ދިވެހި ޕާސްޕޯޓު ޓެބަށް ދިއުމުން ފެންނަން ހުންނަ ރިކުއެސްޓް އެންޑް ސާވިސެސް ބައިން އެކަމަށް އެދި ހުށަހެޅޭނެކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

ޕާސްޕޯޓްގެ ހިދުމަތް ފަސޭހަ ކުރަން މިހާތަނަށް ވަަރަށް ގިނަ ރަށްރަށުގައި އެ ހިދުމަތް ތައާރަފުކޮށްފައިވެ އެވެ.