Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ކޯޓަށް ހާޒިރު ކުރަން ހިތަދޫ މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހާޒިރު ކުރަން އައްޑޫ ހިތަދޫ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ އެ އަވަށު ލާސާނީގޭ އަހުމަދު ފަޔާޒް، 31 އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މި މަހުގެ 14 ވަނަ ދުވަހުހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

އެހެންވެ ފަޔާޒާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.