Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ޓޫރިސްޓުންގެ އަދަދު 700،000 އިން މައްޗަށް

އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 700،000 އިން މައްޗަށް އަރައިފި އެވެ.

ޓޫރިޒަމްގެ މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ އިއްޔެގެ ނިޔަލަށް ޖުމްލަ 704،711 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާ އިރު 1.3 ޕަސެންޓްގެ ދަށްވުމެކެވެ.

މި މަހުގެ މިހާތަނަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަށް ބަލާ އިރު، އިއްޔެގެ ނިޔަލަށް 56،136 ޓޫރިސްޓުން އައިސްފައިވެ އެވެ. މާޗް މަހުގެ ތެރޭގައި 166،616 ޓޫރިސްޓުން އައިސްފައިވާ އިރު، ފެބްރުއަރީ މަހު 254،556 ޓޫރިސްޓުން އަދި ޖެނުއަރީގައި 227،403 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމަކީ ޗައިނާ (103،212 ޓޫރިސްޓުން)، ރަޝިއާ (87،340 ޓޫރިސްޓުން)،
އިނގިރޭސިވިލާތް (67،012 ޓޫރިސްޓުން)، އިޓަލީ (60،204 ޓޫރިސްޓުން) އަދި (ޖަރުމަން 47،520 ޓޫރިސްޓުން) އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކޫ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.