Last Updated: July 22, 14:09
Wednesday, July 22, 2026
ޚަބަރު

ސޮނޭވާ ޖާނީ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް

ސޮނޭވާ ޖާނީ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ފުލުހުން ބުނީ ނ. އަތޮޅުގައި ހިންގާ އެ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު 2:04 ހާއިރު ކަަމަށް ވެސް ބުންޏެވެ.

މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ރިސޯޓުގެ ރެސްޓޯރަންޓެއްގައި ކަމަށާއި މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.