Last Updated: June 4, 23:58
Thursday, June 4, 2026
ރިޕޯޓް

ހެޔޮ ކަމަކަށް ހިތް ނޭދޭ ނަމަ ހަދާނީ ކިހިނެއް؟

ހެޔޮކަމެއް (މިސާލަކަށް ހެނދުނާއި ހަވީރުގެ ޒިކުރުތައް) ކުރަން ހިތްނޭދޭ ނަމަ އެކަމެއް އަމިއްލަ ނަފްސަށް މަޖްބޫރުކޮށްގެން ކުރުމަކީ ކޮން ކަހަލަ ކަމެއްތޯ އެވެ. އަދި އެކަމެއް ކުރުމުން ސަވާބު ލިބޭނެތޯ އެވެ؟

ޖަވާބު: ހެޔޮ ކަމަކަށް ހިތްނޭދޭ ހާލު ހިތްޖެއްސުމަށްޓަކާ ތިމާއަށް އެކަން މަޖްބޫރުކޮށްގެން އެކަމެއްގައި ދެމިހުންނަން މަސަކަތްކުރުމަކީ އެންމެ ރަނގަޅުކަމެކެވެ. އަދި އެކަމުން އިރާދަކުރެއްވިއްޔާ ސަވާބުވެސް ލިބޭނެއެވެ. ކަންތައްތަކާމެދު ކެތްކުރުމަކީ ވެސް މިކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާލިކުގެފާނު ރިވާކުރައްވާގޮތުގައި ރަސޫލުﷲ އެކަލޭގެފާނުންގެ އަނބިކަނބަލުން މޫނުފުޅުގައި ފެންލައްވަވައިގެން ދަމުނަމާދު ކުރެއްވުމަށްޓަކާ ހޭލައްވަވަތެވެ. އަދި ޙަދީޘުކުރައްވާފައި އެވެ. كَمْ مِنْ كَاسِيَةٍ فِي الدُّنْيَا عَارِيَةٌ يَوْمَ الْقِيَامَةِ أَيْقِظُوا صَوَاحِبَ الْحُجَرِ މާނައީ: ދުނިޔޭގެ ނިޢުމަތާއި އަރާމުގައި އުޅެފައިވާ ވަރަށް ގިނަމީހުން އާޚިރަތުގައި ބޭޒާރުވެ ނިކަމެތިޙާލުގައި އުޅެން ދިމާވާނެއެެވެ. އެހެންކަމުން ތިޔަބައިމީހުން އަނބިދަރިން ނިދީން ހޭލައްވާ ދަމުނަމާދަށް ތެދުކުރާށެވެ. މިއެވެ. މިޙަދީޘު ރިވާކުރެއްވީ އިމާމު މާލިކާއި އަޙްމަދާއި ބުޚާރީއާއި ތިރްމިޛީއެވެ. والله أعلم

މަސްދަރު: ނޫރުލްއިސްލާމް