Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

އެމްޑީޕީ އިސްވެރިންގެ ތާއީދާއި މަރުހަބާ ސޯބެއަށް

18 މާރިޗު 2019- އައްޑޫ ސިޓީގައި ވޭސްޓް އެނާޖީ ޕްލާންޓެއް ގާއިމުކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީ އާއި ސައުތު ކޮރެއާގެ ލޮޓަސް ވެންޗާ ކުންފުންޏާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރުން، މި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަންއެވެ. އަދި މި މަސައްކަތް ކުރުމަށް ހަވާލުކުރި ލޮޓަސް ވެންޗާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ލިންޑޮން ޔިލްއެވެ. ފޮޓޯ: ޝަރަފު/ އައްޑޫލައިވް

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާއެކު ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ޝައުގުވެރިކަން ފާޅުކުރުމުން އެމްޑީޕީގެ އިސްވެރިން މަރުހަބާ ކިޔައިފި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވި ދަރަނި ހުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުންނެވެ.

މި ގޮނޑި އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ސޯބެ ޝައުގުވެރިކަން ފާޅުކުރެއްވުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ގޮނޑިއަށް ކުރިމަތިލާން ސޯބެ ނިންމެވުމަކީ އުފާވެރި ހަބަރެއް ކަމަށެވެ. އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ މިއީ ރަނގަޅު ނިންމުމެއް ކަމަށާއި ސޯބެ އަކީ އެ ގޮނޑިއަށް ރަނގަޅު ފަރާތެއް ކަމަށް ވިދާޅުވެފަ އެވެ.

މީގެއިތުރުން ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވި މުހައްމަދު އަސްލަމް ވެސް ވަނީ ސޯބެ އެ ގޮނޑިއަށް ކުރިމަތިލާން ނިންމެވުމުން މަރުހަބާ ކިޔާފަ އެވެ. އެގޮތުން އޭނާގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ސޯބެ އަށް ލިބޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ސޯބެ ވަނީ އައްޑޫގެ މޭޔަރުކަން ތިން ދައުރެއްގެ މަތިން 10 އަހަރު ފުރުއްވައިފަ އެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ފުރުއްވި އެވެ.

މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން ފަސް ދުވަސް ތެރޭގައި ބައިއިލެކްޝަނަށް ކުރިމަތިލާން ހުޅުވާލަން ޖެހެ އެވެ.