Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ހިތަދޫ އުތުރު ގޮނޑި އަށް އަހުމަދު ސައީދު ވާދަކުރަނީ

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާއެކު ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ހިތަދޫ ނަޔާގޭ، އަހުމަދު ސައީދު ވާދަކުރައްވަން ނިންމައިފި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވި ދަރަނި ހުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުންނެވެ.

މި ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވާފައިވާކަން އަހުމަދު ސައީދު ވަނީ "އައްޑޫ ލައިވް" އަށް މިރޭ ކަށަވަރުކޮށްދީފަ އެވެ.

އަހުމަދު ސައީދު ވަނީ މީގެކުރީގެ މަޖިލިސް އިންތިހާބުތަކުގައި ވެސް ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާފަ އެވެ.

މި ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން، މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން ފަސް ދުވަސް ތެރޭގައި ބައިއިލެކްޝަނަށް ކުރިމަތިލާން ހުޅުވާލަން ޖެހެ އެވެ.