Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ފީއަލި އަލިފާނުގެ ހާދިސާ: ގެއްލުންތަކަށް ހައްލު ހޯދައިދޭނެ

ފ. ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި އެރަށު އައިސްޕްލާންޓަށާއި މަސްވެރިކަންކުރާ ބައެއް ދޯނިތަކަށް ލިބުނު ގެއްލުންތައް ބަލާ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ފ.ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވުމުގެ ސަބަބުން އެ ރަށުގައި މިފްކޯއިން ހިންގަމުން ދިޔަ އައިސްޕްލާންޓާއި ފާނަ މަސްވެރިކަން ކުރާ ދެ ދޯންޏެއް ވަނި ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ. އަދި އިތުރު ބައެއް އެހެން އުޅަނދުތަކަށް ވެސް އެކިވަރުގެ ގެއްލުން ވަނީ ލިބިފަ އެވެ.

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެރަށުގައި މިފްކޯ އިން ހިންގަމުން ދިޔަ އައިސްޕްލާންޓަށާއި ބައެއް މަސް ދޯނިތަކަށް ލިބުނު ގެއްލުންތައް ބެލުމަށް މިނިސްޓްރީގެ ޓީމެއް ވަނީ އެ ރަށަށް ޒިޔާރަތްކޮށްފަ އެވެ.

ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ މިކަމުގެ ސަބަބުން ލިބުނު ގެއްލުންތައް ވަރަށް ކައިރިން މި ވުޒާރާއިން ބަލަމުން އަންނަ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ބަލާ އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.