Last Updated: June 4, 18:34
Thursday, June 4, 2026
ޚަބަރު

ހުރާ ގެއެއްގައި ރޯވެ އަނދައިފި

ކ. ހުރާ ގެއެެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

ރޭގެ ވަގުތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވެ އެވެ. މި ހާދިސާގައި އެ ގޭ މީހެއްގެ އަތް ވެސް ފިހިފައިވެ އެވެ.

އަލިފާނުގެ މި ހާދިސާއާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) މިއަދު ބުނީ ރޯވި ގޭގައި ދިރިއުޅެމުން އައި 15 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ހުރާ ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުގައި އަލިފާނުގެ މިފަދަ ބޮޑެތި ހާދިސާތައް ހިނގައި، ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.