Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އިތިއޯޕިއަން އެއާލައިންސްގެ ދަތުރުތައް ރާއްޖެ އަށް

އިތިއޯޕިއަން އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ފެންވަރުގެ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު ވަޒީރު މުހައްމަދު އަމީން ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި އެ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން ކުރިއަށް އޮތް ހަފުތާ ދެ ހަފްތާ ދެ ހަފުރާ ތެރޭގައި އެއާ ސާވިސް އެގްރިމެންޓް އިތިއޯޕިއާއެކު ކުރެވޭނެ. އެއީ ވަރުގަދަ އެއަރލައިނެއް ރާއްޖޭގެ ސަރަހައްދުން ދަތުރުކުރަމުންދާ،" އޭނަ ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އެއާލައިންތައް ރާއްޖެއަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބެލަރޫސްގެ ބެލަވިއާ އެއާލައިންގެ ދަތުރުތައް ވެސް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

ވަޒީރު ވިދާޅުވި އައު އެއާލައިންތަކުގެ އިތުރަށް، މިހާރު ދަތުރުކުރާ އެއާލައިންތަކުގެ ފްރީކުއެންސީ އިތުރު ކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން ޤަތަރާއި އަދި އެމިރޭޓްސް ދަތުރުތައް މިހާރު އަލުން ފެށި އިޔާދަ ވަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން މެދުއިރުމައްޗަށް ވައިގެ ދަތުރުތައް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަށް ކުރެނު މަސައްކަތުން އީޑްލްވައިސް އެއާ އޭޝިއާ އާއި އެއާ އިންޑިއާ އަދި ޓާކިޝް އެއަރލައިންގެ ޝެޑިއުލް ދަތުރަތައް އިތުރު ކުރެވު ކުރެވިފައިވ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވުމުން ޖެޓް ފިއުލްގެ އަގު ވެސް ބޮޑުވެފައިވާ ކަމަށެވެ. އެހެންވެ އެއާލައިންތަކުގެ ޓިކެޓުތަކުގެ ގާތްގަނޑަކަށް 40 ޕަސެންޓް ބޮޑުވެފައިވާ ވިދާޅުވި އެވެ.