ގދ. ގައްދޫގައި ހުންނަ ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިއާގެ އަންހެން ޓީޗަރަކަށް ދަރިވަރަކު އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ޓީޗަރަށް ފިރިހެން ދަރިވަރަކު އަނިޔާކުރި މައްސަލަ ރިޕޯޓްކުރީ އިއްޔެ މެންދުރު 11:46 އެހާކަށްންހާ އިރު ކަމަށެވެ.
މި ހާދިސާގައި އަނިޔާވި ޓީޗަރަށް ގައްދޫ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ.
ފުލުހުން ބުނީ ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ދާދި ފަހުން އައްޑޫ ހައި ސްކޫލްގެ ފިރިހެން ދަރިވަރަކު އެ ސްކޫލްގެ އިންޑިއާ ޓީޗަރަކާ މާރާމާރީ ހިންގި މައްސަލައެއް ވެސް ފެންމަތިވެފައިވެ އެވެ.