Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ޓިވެޓް ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި

ހުރިހާ ޚަރަދެއް ސަރުކާރުން ހަމަޖައްސައިދޭގޮތަށް ޓިވެޓް ޓީޗަ ޓްރެއިނިން ސްކޮލަޝިޕަށް ހުޅުވާލައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި މި ފުރުސަތުގައި ހިމެނެނީ ޑިޕްލޮމާގެ 7 ސްކޮލަޝިޕާއި ޑިގްރީގެ 3 ފުރުސަތެވެ.

ޑިޕްލޮމާގެ ދާއިރާތައް:

* މެނުފެކްޗަރިން އިންޖިނިއަރިން
* ސިވިލް އިންޖިނިއަރިން
* މެކަޓްރޯނިކްސް
* އެއާ ކޮންޑިޝަނިން އެންޑް ރެފްރިޖަރރޭޝަން
* އިންފޮމޭޝަން ޓެކްނޮލޮޖީ
ކަރޕެންޓްރީ ޓެކްނޮލޮޖީ
* ގްރެފިކް ޑިޒައިނިން

ޑިގްރީގެ ދާއިރާތައް:

* އޮޓޮމޯޓިވް އިންޖިނިއަރިން
* އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިން
* މެރިން އިންޖިނިއަރިން ޓެކްނޮލޮޖީ

މި ކޯސްތަކުގައި ކިޔަވަން 24 ގައުމެއްގައި ކިޔެވޭނެ އެވެ. އަދި ކޯސްތަކުގައި ބައިވެރިވެވޭނީ އެމްކިއުއޭގެ "މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް" ގެ މިނިމަމް އެންޓްރީ ރިކުއަމަންޓްގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

ސްކޮލަޝިޕްތަކަށް އެޕްލައި ކުރުމުގެ އެންމެ ފަހު ސުންގަޑި އަކީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު ފަހު 1:30 އެވެ.