Last Updated: July 22, 12:00
Wednesday, July 22, 2026
ޚަބަރު

ޖިންސީ ފުރައްސާރައިގެ ތަހުގީގަކަށް މީހަކު ހޯދަނީ

Screenshot

ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

އެ މީހާ ފެންނަ ވީޑިއޯއެއް ފުލުހުން މިއަދު އާންމުކޮށް ބުނީ އެ މީހާ އަކީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވި ނަމަވެސް ކާކުކަން ދެނެގަނެވިފައި ނުވާ މީހެއް ކަމަށެވެ.

އެހެންވެ ވީޑިއޯ އިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9393351 ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.