Last Updated: June 5, 06:06
Friday, June 5, 2026
މުނިފޫހިފިލުވުން

ޝާހިދުގެ "އޯ، ރޯމިއޯ" ސްޓްރީމިން އަށް

މިދިޔަ ފެބްރުއަރީ މަހު ރިލީޒްކުރި ޝާހިދު ކަޕޫރްގެ ފިލްމު "އޯ، ރޯމިއޯ" އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލައިފި އެވެ.

މި ރޮމޭންޓިކް އެކްޝަން ތުރިލާ އަކީ ކުޅަދާނަ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ ފިލްމެކެވެ. "އޯ، ރޯމިއޯ" އަކީ އޭނަ ޝާހިދާ އެކު ހެދި ހަތަރު ވަނަ ފިލްމެވެ. ވިޝާލާއި ޝާހިދު ކުރިން އެކީގައި މަސައްކަތްކުރި ފިލްމުތަކަކީ 2017 ގެ "ރަންގޫން" އާއި 2014 ގެ "ހައިދަރު" ގެ އިތުރުން 2009 ގެ "ކަމީނޭ" އެވެ.

ކްރިޓިކުން ވަރަށް ބޮޑަށް ތައުރީފުކުރި "އޯ، ރޯމިއޯ" އަކީ ވިޔަފާރީގެ ގޮތުން ކާމިޔާބު ފިލްމެއް ނޫނެވެ. އެގޮތުން މި ފިލްމަކީ އެ ހަދަން ކުރި ހޭދަ ވެސް އަނބުރާ ނުލިބޭ ފިލްމެކެވެ. ޖުމްލަ 150 ކްރޯޑް ރުޕީސް (16.06 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި ލިބިފައި ވަނީ އެންމެ (10 ކްރޯޑް ރުޕީސް) އެވެ.

"އޯ، ރޯމިއޯ" ގެ ކާސްޓްގައި ޓްރިޕްތީ ދިމްރީ، އަވިނާޝް ތިވާރީ، ނާނާ ޕަޓޭކަރް، ތަމަންނާ ބާޓިއާ، ޑިޝާ ޕަޓާނީ، ފަރީދާ ޖަލާލު އަދި އަރޫނާ އިރާނީ ހިމެނެ އެވެ.